ސިޔާސީ , ޚަބަރު

ލޫޓުވައިފި މުޒާހަރާ: އާޓިފިޝަލް ބީޗު ދޫކޮށް މަޖީދީ މަގަށް

3 އޮކްޓޫބަރު 2025 - 21:39
ލޫޓުވައިފި މުޒާހަރާ: އާޓިފިޝަލް ބީޗު ދޫކޮށް މަޖީދީ މަގަށް

އެމްޑީޕީން މިރޭ އާޓީފިޝަލް ބީޗު މުޒާހަރާ ފޯރި ގަދަވެ, އާޓިފިޝަލް ބީޗު ދޫކޮށް މަޖީދީ މަގަށް ވަދެއްޖެއެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން މާފަންނާ ވީކޮޅަށް ދިއުމަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ.

ފުލުހުންގެ ތެރެއިން "އެސްއޯ ފުލުހުން" މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕާ ސްޕްރޭ ވަނީ ޖަހާފައެވެ.

މުޒާހަރާގެ ބައިވެރިން ދަނީ އެމީހުންގެ ހިނގާލުން ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. އަދި ފުލުހުން ދަނީ މަޖީދީ މަގު ސަރަހައްދު ހުއްކުރުމަށް ގޮވާލާފައެވެ.

މިގޮތުން ހާލަތާއި އެކަށީގެންވާ ބާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ފުލުހުން ގެންދަނީ މުޒާހަރާގެ ބައިވެެރިންނަށް ތަކުރާރުކޮށް ދެމުންނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0