މިލިއަނަކަށްވުރެ ގިނަ ރުފިޔާ މީރާއަށް ދައްކަން ބިގަށް ހުކުމްކޮށްފި

ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ބިގް) އިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިމަހުގެ 3 ވަނަ ދުވަހު ސިވިލްކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ 1،023،561.04 ރުފިޔާ، މި ހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ފަސް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަންޖެހޭނެއެވެ.
މި ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ބިގުން ވަނީ ކޯޓުގައި އެއްބަސްވެފައެވެ.
އިންޑިއާގެ އިންދްރާ ޕްރޮޖެކްޓްސް ކުންފުނީގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕާ ދެކޮޅަށް މި މައްސަލަ މީރާއިން ކޯޓަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
ރިއެކްޓް



