ޚަބަރު

ގެއްލިގެން ހޯދަމުންދާ ޔާމީންގެ ސީސީޓީވީ ފުޓޭޖެއް ފެނިއްޖެ

ޖުލައި 22, 2025 - 18:29
ޖުލައި 22, 2025 - 18:36
 0
ގެއްލިގެން ހޯދަމުންދާ ޔާމީންގެ ސީސީޓީވީ ފުޓޭޖެއް ފެނިއްޖެ

މި މަހުގެ 11 ވަނަ ދުވަހު މާލެ އިން ގެއްލިގެން ހޯދަމުންދާ މާލެ، ގ. ގާނެޓް، ހަސަން ޔާމީން (30 އަހަރު) ގެ ސީސީޓީވީ ފުޓޭޖެއް ފެނިއްޖެ ކަމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

13 ޖުލައި 2025 ވަނަ ދުވަހުގެ ފަތިހު 03:24 ގެ ސީސީޓީވީ ފުޓޭޖު ދައްކާ ގޮތުން ހަސަން ޔާމީން ވަނީ ސިނަމާލެ ބުރިޖުން ފުންމާލައިފައި ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

ފުލުހުން މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 11 ވީ ހުކުރު ދުވަހުގެ ރޭ 9:25 ހާއިރު ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އޭނާގެ އާއިލާއަށް އެއްވެސް ހަބަރެއް ލިބިފައެއް ނުވެއެވެ. އަދި އޭނާ ގެއްލިފައިވާ ކަމަށް މި މަހުގެ 14 ވަނަ ދުވަހުގެ 8:30 ހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފެށުނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0