ޚަބަރު

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

ޖުލައި 15, 2025 - 23:45
 0
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ފޮޓޯ: ސޯޝަލްމީޑިއާ

މާލެއިން ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ ފަރާތަކީ މާލެ، ގ. ގާނެޓް، ހަސަން ޔާމީން (30 އަހަރު) އެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހުގެ ރޭ 9:25 ހާއިރު ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އޭނާގެ އާއިލާއަށް އެއްވެސް ހަބަރެއް ލިބިފައެއް ނުވެއެވެ. އަދި އޭނާ ގެއްލިފައިވާ ކަމަށް ރޭ 8:30 ހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ވަނީ ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތު ހިއްސާކުރުމަށް އާންމުންނަށް ގޮވާލާފައެވެ. މިގޮތުން މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުމަށް އެދިފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0