ޒާރާގެ އެނބުރި އައުމާއެކު ކަމަދޫ އީދު ފޯރީގެ އަޑު ގަދަވެއްޖެ
މީގެ ދެއަހަރު ކުރިން ރާއްޖޭގެ ގިނަބައެއްގެ ހިތްތައް ކަތިލި "ކަމަދޫ ޒާރާ" މިއަހަރުގެ ބޮޑު އީދުގައި ކަމަދޫ އީދު ފޯރިން ފެންނާނެ ކަމަށް ބެލެވޭތީ ކަމަދޫއަށް އީދު ފާހަގަކުރަން ދާނެ ބޭނުންވާ ފަރާތްތައް އިތުރުވެއްޖެއެވެ.
2024 ވަނަ އަހަރުގެ ބޮޑުއީދު ފާހަގަކުރުމަށް ކަމަދޫގައި ބޭއްވި ފޯރިގަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ރީތި ފަރިހަރަކާތްތަކާއެކު ލަވަޔަކަށް ނަށަން ހުރި ޒާރާއަށެވެ. ޒާރާގެ ރީތިކަމަށް ރާއްޖޭގެ އެކި ހިސާބުތަކުން އޮހުނު ތަޢުރީފުން ސޯޝަލްމީޑިއާ ފުރާލިއެވެ.
މި ލިބުނު މަޝްހޫރުކަން އެތައް ގުނައަކަށް އިތުރުވެގެންދިޔައީ މަހުޖަނު "ސަން ޝިޔާމު" އާއި ޒާރާ ކައިވެނި ކުރުމުންނެވެ. ޒާރާއާއި ޝިޔާމްްގެ ކައިވެނީގެ ހަބަރަކީ އެދުވަސްވަރު ރާއްޖޭގެ ނޫސްތަކާއި ސޯޝަލްމީޑިއާގައި އެންމެ ހިނގި އެއް ހަބަރެވެ.
ޒާރާ މިފަހަރުގެ ބޮޑު އީދުގެ ހަރަކާތްތަކުގައި ބައިވެރިވާނެކަމަށް ބެލެވެން ފަށާފައިވަނީ ކަމަދޫ އީދު ފޯރި ޕްރޮމޮޝަނަލް ލަވައިން ޒާރާ ފެންނާތީއެވެ. މި ވީޑިއޯ އަށް ކޮމެންޓް ކުރި ގިނަ ފަރާތްތަކުން ވަނީ މިފަހަރުގެ އީދު ޗުއްޓީގައި ކަމަދޫއަށް ދާނެކަމަށް ބުނެފައެވެ.
1438 ބޮޑުބެރު ގްރޫޕާއި ހުމާމް ހަލީމްގެ މިއުޒިކް ހިމެނޭ މިލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީއެވެ.






ރިއެކްޓް