އެސްޓްރޮނޮމާ ކުންފުނީގެ ސީއީއޯ އާއި އިސް މުވައްޒަފެއްގެ ވައިލަރް ފުޓޭޖް، ބޭވަފާތެރިންނަށް އިބުރަތެއް

އެސްޓްރޮނޮމާ ކުންފުނީގެ ސީއީއޯ އާއި އޭނާގެ މުވައްޒަފަކާއެކު ކޯލްޑްޕްލޭ ކޮންސަޓެއްގައި 'ކިސް ކެމް' އިން ފެނުމާއި ގުޅިގެން ބޭވަފާތެރިކަމުގެ ތުހުމަތުތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ވައިރަލްވި ފުޓޭޖްގައި އެސްޓްރޮނޮމާ ކުންފުނީގެ ސީއީއޯ އެންޑީ ބައިރަން އަދި އެ ކުންފުނީގެ ޗީފް ޕީޕަލް އޮފިސަރ ކްރިސްޓިން ކެބޮޓް، އެކަކު އަނެކަކާއި ގުޅިފައިވާ މަންޒަރު ފެނިފައިވެއެވެ. ދެމީހުންނަކީވެސް އެހެން މީހުންނާއި ކައިވެނިކޮށްގެން ދަރިން ލިބިފައިވާ ދެމީހުންނެވެ.
ޓިކްޓޮކް ޔޫޒަރ @instaagrace ޝެއަރކުރި ކްލިޕްގައި، ބައިރަން އަދި ކެބޮޓްގެ މައްޗަށް ކެމެރާ އަމާޒުކުރަމުން ކޯލްޑްޕްލޭގެ ލީޑް ލަވަކިޔުންތެރިޔާ ކްރިސް މާޓިން "އޯ، މި ދެމީހުންނަށް ބަލާ" ބުނި އަޑު އިވެއެވެ. އެ ހިސާބުން ދެލޯ ބޮޑުވެ ކެބޮޓްގެ ގައިގައި ވަށައިގެން އަތްލައިގެން ހުރި ބައިރަން، އޭނާގެ އަތްތައް ވަގުތުން ދޫކޮށްލައި ބިންމައްޗަށް ތިރިވި އިރު، ކޮބެޓް ވަނީ ދެ އަތުން މޫނު ނިވާކޮށް، ކެމެރާއިން ފޮރުވަން މަސައްކަތް ކޮށްފައެވެ. "އޯ، ކީއްވެބާ... މިއީ ވަގު ގުޅުމެއް އޮންނަ ދެމީހުން ނޫނީ ވަރަށް ލަދުގަންނަ ދެމީހުން" މާޓިން ބުނެލި އެވެ.
އެ ހިސާބުން މި ފުޓޭޖް ވަނީ މުޅި ސޯޝަލް މީޑިޔާ ގައި ވައިރަލް ވެފައެވެ. "ލޯލް އެމީހުން ހަމައެކަނި ކެމެރާއަށް ހިނިތުންވެލައިގެން ތިބިނަމަ މިހާ ވައިރަލްއެއް ނުވީސް" އިންޓަނެޓް ޔޫޒަރަކު ލިޔުނެވެ.
"ބޭވަފާތެރިންނަށް ރަނގަޅު ފިލާވަޅެއް މީ. ކައިވެންޏާއި ފައިސާ އާއި އިއްޒަތާއި ހުރިހާ އެއްޗެއް އެއްކޮށް މި ގެއްލުނީ." އެހެން މީހަކު ލިޔުނެވެ.
މި ފުޓޭޖު ވައިރަލްވި ހިސާބުން، އެންޑީ ބައިރަން ގެ އަނބިމީހާ ވަނީ އޭނާގެ ފޭސްބުކް ނަން މެގަން ކެރިަން-ބައިރަން އިން މެގަން ކެރިގަން އަށް ބަދަލުކޮށްފައެވެ. ވީމާ މިކަމާއި ގުޅިގެން އޭނާ އެންޑީ ގެ ކިބައިން ވަރިވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި ވަރި އާއި އެކު އެންޑީ އަށް އޭނާގެ މިލްކިއްޔާތުގެ 50 އިންސައްތަ ގެއްލޭނެ ކަމަށްވެސް ބެލެވެއެވެ.
ކުންފުނީގެ ލިންކްޑްއިން ޕޭޖްގައި ބުނާގޮތުން، "މިޝަން-ކްރިޓިކަލް އެނަލިޓިކްސް، އޭއައި، އަދި ސޮފްޓްވެއަރ ދިރުވުމަށް ޑޭޓާ ޓީމްތަކަށް ބާރުދޭ" ނިއު ޔޯކް ސިޓީގައި އުފެދިފައިވާ ޑޭޓާ އޯކެސްޓްރޭޝަން ޕްލެޓްފޯމެއް ކަމަށްވާ އެސްޓްރޮނޮމާގެ ސީއީއޯގެ މަގާމަށް ބައިރަން އައްޔަނު ކުރެވުނީ 2023 ވަނަ އަހަރުއެވެ. އަދި ކްރިސްޓިން ކެބޮޓް ޓީމާ ގުޅުނުތާ 9 މަސް ވެއްޖެކަމަށް އޭނާގެ ލިންކްޑްއިން އިން ދައްކައެވެ.
ރިއެކްޓް



