ޚަބަރު

ރައީސް މުއިއްޒުގެ މެންބަރު ޔަޒްމީދު ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

18 މޭ 2026 - 21:49
ރައީސް މުއިއްޒުގެ މެންބަރު ޔަޒްމީދު ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސް މުޢިއްޒު އައްޔަންކުރައްވާފައި ހުންނަ މެންބަރު ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީގެ ނާއިބުރައީސްގެ މަޤާމުވެސް ފުރުއްވަމުން އައި ޔަޒްމީދު އިސްތިއުފާ ދެއްވާފައިވާކަން "ވިރާސީ" އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ވަކި ގޮތަކަށް ޖިނާޢީ މައްސަލައެއްް ނިންމުމަށް ވަކި ގޮތަކަށް ކައުންސިލް އިންތިޙާބުގައި ވޯޓުދޭން ޔަޒްމީދު އިރުޝާދުދޭ އޯޑިއޯ އަކާއި ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލައެއްވެސް ޖޭއެސްސީގައި އައީ ހިނގަމުންނެވެ. ނަމަވެސް ޔަޒްމީދު އިސްތިއުފާ ދެއްވީ މި މައްސަލައާއި ގުޅިގެން ކަމެއް ނުވަތަ ސުލޫކީ މައްސަލައިން ސަލާމަތްވުމަށް ކަމެއްް އަދި ޔަގީނެއް ނުވެއެވެ.

ޔަޒްމީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީގައި ތާވަލުކޮށްފި
ޚަބަރު 1 މަސް ކުރިން

ޔަޒްމީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީގައި ތާވަލުކޮށްފި

ޔަޒްމީދުގެ ލީކުވީ އޯޑިއޯގައި އޭނާ ވަނީ ސަރުކާރަށާއި ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އެގޮތުން ޕީއެންސީ ސަރުކާރު ހިންގަނީ "ވަރަށް ޖަނަވާރު ސްޓައިލަކަށް" ކަމަށާއި ޕީއެންސީއަށް ނޫނެކޭ ބުނުމަށް ޔަޒްމީދު އެހެން މީހަކަށް އިރުޝާދުދޭ އަޑު އޯޑިއޯއިން އިވެއެވެ.

ބޮޑު ދަޢުވާއަކުން ސަލާމަތްވުމަށް ވަކިގޮތަކަށް ވޯޓުދިނުމަށް ޖޭއެސްސީގެ ނާއިބުރައީސް އަންގާ އޯޑިއޯއެއް ލީކުވެއްޖެ
ޚަބަރު 1 މަސް ކުރިން

ބޮޑު ދަޢުވާއަކުން ސަލާމަތްވުމަށް ވަކިގޮތަކަށް ވޯޓުދިނުމަށް ޖޭއެސްސީގެ ނާއިބުރައީސް އަންގާ އޯޑިއޯއެއް ލީކުވެއްޖެ

އަދި މަނީލޯންޑަރިންގ ގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ 4 މީހެއްގެ މައްސަލައަކީ ޚުދު ޔަޒްމީދާއި ގުޅުން އޮތް މައްސަލައެއް ކަމަށާއި އެމީހުން ހައްޔަރުކޮށްފައިވަނީވެސް ޔަޒްމީދަށް ގެއްލުންދިނުމުގެ ގޮތުންކަމަށް ޔަޒްމީދު މި އޯޑިއޯގައި އިޢުތިރާފުވެއެވެ. އަދި އެ ހަތަރު މީހުން ދޫކޮށްލަން ބޭނުންވާނަމަ އެ މައްސަލައާއި ގުޅޭ އެންމެން ޕީއެންސީއާއި ދެކޮޅަށް ވޯޓު ދިނުމަށް ޔަޒްމީދު ވަނީ އޭނާއާއި ވާހަކަދައްްކަނ އިން މީހާއަށް ތަކުރާރުކޮށް އަންގާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0