ޚަބަރު , ސިޔާސީ

ޔަޒްމީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީގައި ތާވަލުކޮށްފި

8 އޭޕްރީލް 2026 - 01:15
ޔަޒްމީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީގައި ތާވަލުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނާއިބުރައީސް ޔަޒްމީދު މުހައްމަދުގެ ސުލޫކީ މައްސަލައެއް އެކޮމިޝަނުގައި ތާވަލުކޮށްފިއެވެ.

އިތުބާރުހިފޭ މަސްދަރަކުން މަޢުލޫމާތުދިން ގޮތުގައި ޔަޒްމީދުގެ މައްސަލަ މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ. އަދި މި މައްސަލަ ބަލާނީ ޔަޒްމީދު ސަސްޕެންޝަނުގައި ބަހައްޓައިގެން ކަމަށް ބެލެވޭ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.

ނަމަވެސް މި މައްސަލައަކީ ކޮންކަމަކާއި ގުޅިގެން ބަލާ މައްސަލައެއްކަން އަދި ސާފެއްނުވެއެވެ.

ބޮޑު ދަޢުވާއަކުން ސަލާމަތްވުމަށް ވަކިގޮތަކަށް ވޯޓުދިނުމަށް ޖޭއެސްސީގެ ނާއިބުރައީސް އަންގާ އޯޑިއޯއެއް ލީކުވެއްޖެ
ޚަބަރު 13 ގަޑިއިރު ކުރިން

ބޮޑު ދަޢުވާއަކުން ސަލާމަތްވުމަށް ވަކިގޮތަކަށް ވޯޓުދިނުމަށް ޖޭއެސްސީގެ ނާއިބުރައީސް އަންގާ އޯޑިއޯއެއް ލީކުވެއްޖެ

ބެލެވޭ ގޮތުގައި މިއީ އިއްޔެ ލީކުވި ޔަޒްމީދުގެ އޯޑިއޯ ރިކޯޑިން އާއި ގުޅޭ މައްސަލައެކެވެ. އެ އޯޑިއޯގައި ޔަޒްމީދުގެ މައްޗަށް ސުލޫކީ މައްސަލަ ބެލޭނެ އެތައް ވާހަކަތަކެއް ޔަޒްމީދު ވަނީ ދައްކާފައެވެ.  އޭގެ ތެރޭގައި ބޮޑެތި މައްސަލަތަކަށް ނުފޫޒު ފޯރުވައި އެފަދަ މައްސަލަތަކާއި ސިޔާސީ ވޯޓުތަކާއި ގުޅުވާފައި ވެއެވެ.

މި ކަމާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބަހެއް އަދި ނުލިބެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0