ޚަބަރު

ކުރިއަށް އޮތް ހަތަރު ދުވަހު ގަދަ ވަޔާއެކު ވިއްސާރަކުރާނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ: އެންޑީއެމްއޭ

9 މޭ 2026 - 13:05
ކުރިއަށް އޮތް ހަތަރު ދުވަހު ގަދަ ވަޔާއެކު ވިއްސާރަކުރާނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ: އެންޑީއެމްއޭ

ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ އިދާރަަކުން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިރުޝާދުދީފިއެވެ.

ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެބަރު ޓްރަފުގެ ސަބަބުން މިމަހުގެ 9 އިން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު ބޮޑުކަމަށް ގައުމީ މީސުމާބެހޭ އިދާރާ އިން ވަނީ ބުނެފައެވެ.

މި ވިއްސާރައިން ކުރިމަތިވެދާނެ ގެއްލުންތަކަށް ރައްކާތެރިވުމުގެ ގޮތުން އެޅުމަށް އެންޑީއެމްއޭއިން އިރުޝާދުދޫފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފެންބޮޑުވެ ފެންވަންނާނެހެން ހީވާ ގޭގޭގެ ބޭރުގައި ކުރިއާލައި ވެލިބަސްތާ ޖެހުމާއި ގަދަވައިގެ ސަބަބުން ފުރާޅުތައް އެއްލާލާނެ ކަމަށް ވިސްނައި ފުރާޅުތައް ވަރުގަދަކުރުމާއި ފެންބޮޑުވެދާނެކަމަށް ބަލައި އަގުބޮޑު ކަރަންޓު އާލާތްތައް ފެނުން ރައްކާތެރިވާނެ މިންވަރަށް އުސްތަނަކަށް އަރުވާފައި ބެހެއްޓުމާއި ބޭނުންނުކުރާ ކަރަންޓު އާލާތްތައް ނިއްވާފައި ބެހެއްޓުމާއި ކާޑާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗަށް ދަތިނުވާ މިންވަރަށް ހޯދާފައި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން ކަނޑު ދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއި އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް ސާމާލުކަން ދިނުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0