ޚަބަރު , ވިޔަފާރި , ޓެކްނޮލޮޖީ

ހިތުގެ ބަލިތައް ދެނެގަންނަ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީ އެސްޓީއޯ ހެލްތުކެއާއިން ތައާރަފުކޮށްފި

2 މާރިޗު 2026 - 17:35
ހިތުގެ ބަލިތައް ދެނެގަންނަ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީ އެސްޓީއޯ ހެލްތުކެއާއިން ތައާރަފުކޮށްފި
ވިވިޑް 95 އީ ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމް، ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ހެލްތުކެއާގެ ފަރާތުން އެންމެ ފަހުގެ ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމެއް ހުޅުމާލޭ ހޮސްޕިޓަލަށް ފޯރުކޮށްދީފިއެވެ.

މި ސިސްޓަމަކީ މެޑިކަލް އިމޭޖިންގ އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީ.އީ ހެލްތުކެއާ އާއި އެސްޓީއޯ ހެލްތުކެއާގެ ޕާޓްނަރޝިޕްގެ ދަށުން ފޯރުކޮށްދެވުނު ސިސްޓަމެކެވެ.

ޖީ.އީ ހެލްތްކެއަރ ބްރޭންޑުގެ ވިވިޑް 95 އީ ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމް ތަޢާރަފުކުރެވިގެން ދިޔައީ، 22 ފެބްރުއަރީ 2026 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށް ދިޔަ އެޕްލިކޭޝަން ޓްރެއިނިންގ ސެޝަނަކާއި އެއްކޮށެވެ. މި ސެޝަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސިއްހީ މާހިރުންގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުން ވެސް ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ކާޑިއެކް އިމޭޖިންގ ހިދުމަތްތައް ތަރައްގީކުރުމަށް ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތެކެވެ.

ޖީ.އީ ވިވިޑް 95 އީ އަކީ ހިތުގެ ބައިތަކާއި، މަސައްކަތްކުރާ ގޮތް، އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިންގ ސިސްޓަމެކެވެ. މި ސިސްޓަމުގައި ބޮޑެތި މީހުންނާއި، ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނެއެވެ. މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި، ހުރިހާ އުމުރުފުރައެއްގެ ބަލިމީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެ، ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެއެވެ.

އެސްޓީއޯ ހެލްތުކެއާގެ ފަރާތުން މެޝިން ފޯރުކޮށްދިނުމުގެ އިތުރުން، އިންސްޓޯލްކުރުމާއި، އެޕްލިކޭޝަން ޓްރެއިނިންގ ދިނުމާއި މެދުނުކެނޑި ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން ވޮރެންޓީއަދި އާފްޓަރ-ސޭލްސް ސާވިސް ސަޕޯޓް، ތަމްރީނު ލިބިފައިވާ އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުންނާއި ކްލިނިކަލް އެޕްލިކޭޝަން ސްޕެޝަލިސްޓުން ފޯރުކޮށްދެނީ ކަމުގެ ފަންނީ މާހިރުންނާއި ގުޅިގެންނެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މި ސިސްޓަމް ގާއިމުކޮށް ހިދުމަތްދޭން ފެށުމަކީ، ރާއްޖޭގެ މެޑިކަލް ޑައިގްނޯސްޓިކް ހިދުމަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0