އެސްޓީއޯގެ ހުރިހާ ފާމަސީއެއް ސްޓޭޓް ފަރމާގެ ދަށަށް ބަދަލުކުރަނީ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހުރިހާ ބޭސްފިހާރަތަކެއް އެހެން ކުންފުންޏެއްގެ ދަށަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
މައުލޫމާތު އެނގޭ މީހަކު "ވިރާސީ" އަށް މައުލޫމާތުދިން ގޮތުގައި ބޭސްފިހާރަތައް ބަދަލުކުރަނީ ސަރުކާރުން ދާދި ފަހުން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ދަށަށެވެ. މިގޮތުން އެކި މަރުހަލާތަކަށް ބަހާލައިގެން ހުރިހާ ފާމަސީއެއް އައު ކުންފުންޏަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދެ ކުންފުނީގެ ދެމެދުގައި ދަނީ ކުރެވެމުންނެވެ މީގެ އިތުރުން، ރާއްޖެއިން އާންމުކޮށް ލިބެން ނުހުންނަ ބޭސްތައް "ޕްރިސްކްރިޕްޝަން" ބޭނުންކޮށްގެން ގެނައުމުގެ މަސައްކަތްވެސް ދެން ކުރާނީ އަލަށް އުފެއްދި ކުންފުނިންނެވެ.
ބޭސް ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދުވަސްކޮޅެއްގައި ބޭސްފިހާރަތަށް އެސްޓީއޯއިން އަތުލާ މުޅިން އަލަށް އުފެއްދި ކުންފުންޏެއްގެ ދަށަށް ކުއްލިއަކަށް ބަދަލު ކުރުމުން އަދި އިތުރަށް ބޭސް ލިބުމުގެ ދަތިކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އަދި މި ބޭސްފިހާރަތަކުގައި މަސައްކަތް ކުރާ ފާމަސިސްޓުންގެ ވަޒީފާއަށް ވާނެ ގޮތެއްވެސް އަދި އަންގާފައެއް ނުވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހުރިހާ ބޭސްފިހާރަތަށް ބަދަލުކޮށް ނިމޭނީ ފެބްރުވަރީ މަސް ތެރޭގަ އެވެ.






ރިއެކްޓް