ސިވިލް ސާވިސް އަންހެން މުވައްޒަފުން ބެގީކުރުން މަނާކޮށް، ހެދުން ދިގުކުރަން އަންގައިފި
ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުން ބެގީ ޖެހުން މަނާކޮށް, ހެދުން ދިގުކުރަން އަންގައިފިއެވެ.
ސިވިލް ސާވަންޓުން ހެދުން އެޅުމުގެ ގަވައިދު އިސްލާހުކޮށް ނެރުނު އާ އުސޫލުގައިވާ ގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ފަލަމަސްގަނޑުން ތިރިއަށް ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ. ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނ،ީ ނިވައިވާ ގޮތަށް ކަމަށާއި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނ،ީ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ގޮތަށް ކަމަށް ބުނެފައިވެއެވެ.
ހެދުމުގެ މަތީބައ،ި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަ ނަމަ ފަޅައިފައި ހުންނަބައި ހުންނަންވާނީ، މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި، އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ވެސް ބުނެފައިވެއެވެ.
މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާއީ ގޮތުން ބަަލައިގަންނަ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގުމާ ގުޅިގެންނެވެ.






ރިއެކްޓް