ސިޔާސީ , ޚަބަރު

ބަންދުކޮށްފައި ހުރި މެންބަރު މައުރޫފުގެ ކުއްލި އޮޕަރޭޝަނެއް

13 ޑިސެންބަރު 2025 - 19:10
ބަންދުކޮށްފައި ހުރި މެންބަރު މައުރޫފުގެ ކުއްލި އޮޕަރޭޝަނެއް
ފޮޓޯ: ހުސެން ހަސަން

ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން މާލޭ ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދު ކޮށްފައިވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މައުރޫފް ކުއްލި އޮޕަރޭޝަނެއް ކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މައުރޫފް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްގެން އުޅޭ މަންޒަރުގެ ދައްކުވައިދޭ ފޮޓޯތަކެއް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސައިން ހަސަން ފޭސްބުކްގައި ހިއްސާކުރައްވާފައިވާއިރު މައުރޫފުގެ ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމްޑީޕީގެ ލީޑާޝިޕުގެ އިސްވެރިން އައިޖީއެމްއެޗް ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އޮޕަރޭޝަން ކުރަން އެމަޖެންސީ ރޫމުން ނެރެގެން އޮޕަރޭޝަން ތިއޭޓަރަށް މައުރޫފު ގެންގޮސްފި ކަމަށް ހުސައިންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0