ޚަބަރު

މޫސުމީ ރޯގާ ގިނަ ދުވަސްވަރު ރާއްޖެއިން އިންފުލުއެންޒާ ވެކްސިން ހުސްވެއްޖެ.

1 ނޮވެންބަރު 2025 - 14:56
މޫސުމީ ރޯގާ ގިނަ ދުވަސްވަރު ރާއްޖެއިން އިންފުލުއެންޒާ ވެކްސިން ހުސްވެއްޖެ.

އިންފުލުއެންޒާ ފަދަ މޫސުމީ ރޯގާތައް ގިނަވެފައިވާ ދުވަސްވަރެއްގައި ރާއްޖެއިން އިންފުލުއެންޒާ ވެކްސިން ހުސްވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން ވިއްކާ އެސްޓީއޯއާއި އޭޑީކޭ ފަދަ ބޭސްފިހާރަތަކުގައި މި ވެކްސިން ހުސްވެފައިވާއިރު, މާލޭ ސަރަހައްދުގެ ބޭސްފިހާރަތަކުންވެސް މި ވެކްސިން ވަނީ ހުސްވެފައެވެ.

އިންފުލުއެންޒާ ޖެހިގެން މިދިޔަ އަހަރުވެސް ދެމީހުނަށްވުރެ ގިނަ މީހުން ރާއްޖޭގައި ނިޔާވެފައިވާއިރު މި ވެކްސިން ރާއްޖެއިން ހުސްވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

އިންފުލުއެންޒާގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ނޭފަތުން ފެން އައުން އަދި ގައިން ވަރު ދެރަވުމުގެ އިތުރުން ބޮލުގައި ރިއްސައި ގައިގަ އާއި ކަރުގައި ރިއްސުމާއި ކެއްސުން ހިމެނެއެވެ.

މިފަދަ ޢާލާމާތްތައް ފެންނަ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ސިއްޚީ މާހިރުން ލަފާދެއްވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0