ޚަބަރު

އެމްޑީޕީގެ ބޮޑު ޖަލްސާ ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފި

ޖުލައި 11, 2025 - 16:13
ޖުލައި 11, 2025 - 17:07
 0
އެމްޑީޕީގެ ބޮޑު ޖަލްސާ ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފި
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ވިރާސީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖެއްސި ބޮޑު ޖަލްސާ، އިއްޔެއިން ފެށިގެން މޫސުން ގޯސްވުމުގެ ސަބަބުން މި ހަފްތާގައި ނުބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާ އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ މިރޭ 20:45 ގައި ކުޅުދުއްފުށީ ސިޓީގެ ބަންޑާރަ މައިޒާނުގައެވެ. 

ކުޅުދުއްފުށީގައި ޖަލްސާ އިންތިޒާމް ކުރުމުގައި އުޅޭ ފަރާތްތަކުގެ ލަފަޔާ އަދި ދައުލަތުގެ މުއައްސަސާތަކުން ދެއްވާ އިރުޝާދާށް ބަލައި މިހަފްތާގައި ކުޅުދުއްފުށީ ޖަލްސާ ނޯންނާނެ ކަމަށް އެމްޑީޕީ އިން މިހާރު ވަނީ އަންގާފައެވެ. އަދި ޖަލްސާ ބާއްވާނެ ތާރީހަކާއި ދަތުރު ކުރާނެ ދުވަސް ފަހުން އަންގާނެ ކަމަށް ޕާޓީގެ ފަރާތުން މައުލޫމާތު ދެއްވިއެވެ.

ޖަލްސާ އަށް މާލެއިން ފުރާ މީހުން ދަތުރު ކުރުމަށް ކުރިން ހަމަޖެހިފައި އޮތީ ރޭ ގައެވެ. ނަމަވެސް މޫސުން ތަންނުދިނުމުން ބޯޓު ދަތުރު ފަސްކޮށް، މޫސުން ތަންދޭނަމަ ޖަލްސާ ހޮނިހިރު ދުވަހުގެ ރެޔަށް ފަސްކުރުމަށް ރޭގައި އެމްޑީޕީ އިން ނިންމިއެވެ.

މެޓް އޮފީހުން މިހާރުވެސް ވަނީ ހއ. އަތޮޅުން ފެށިގެން ލާމު އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.



ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0