މޫސުން ގޯސްވުމާ ގުޅިގެން އެމްޑީޕީގެ ބޮޑު ޖަލްސާ ހޮނިހިރު ދުވަހަށް ފަސްކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖެއްސި ބޮޑު ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ހޮނިހިރު ދުވަހަށް ފަސްކޮށްފިއެވެ.
އެމްޑީޕީގެ އޮފިޝަލަކު "ވިރާސީ" އަށް މަޢުލޫމާތު ދެމުން ބުނީ މިއަދު އަދި މާދަމާގެ މޫސުން ގޯސްވާނެކަމަށް ޤައުމީ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން އެކި ސަރަހައްދުތަކުން ޖަލްސާގައި ބައިވެރިވުމަށް ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޮޑު ޖަލްސާ ހޮނިހިރު ދުވަހަށް ލަސްކުރުމަށް ޕާޓީގެ ލީޑާޝިޕުން ނިންމާފައިވާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ .....
ރިއެކްޓް



