ކުޅިވަރު

ޕީއެސްޖީން ބަޔާންގެ މައްޗަށް ކުރި ހޯދީ ނުވަ ކުޅުންތެރިންނާއެކު

ޖުލައި 6, 2025 - 09:15
 0
ޕީއެސްޖީން ބަޔާންގެ މައްޗަށް ކުރި ހޯދީ ނުވަ ކުޅުންތެރިންނާއެކު
ފޮޓޯ: ބީބީސީ

ފީފާ ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އިން ނުވަ ކުޅުންތެރިންނާއެކު ޖަރުމަނުގެ ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދައި، ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގައި ޕީއެސްޖީގެ ވިލިއަން ޕަޗޯ އާއި ލޫކަސް ހެނާންޑޭޒްއަށް ރެފްރީ ދެއްކި ރަތް ކާޑާ ގުޅިގެން ދެ ކުޅުންތެރިން މަދުވި ނަމަވެސް، އެ ޓީމުން ވަނީ ބަޔާން މިއުނިކް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މި މުހިންމު މެޗުގައި ޕީއެސްޖީއަށް ފުރަތަމަ ލީޑު ހޯދައިދިނީ 78 ވަނަ މިނެޓުގައި އެ ޓީމުގެ ޖާޒީ ނަންބަރު 14 ޑުއޭ އެވެ. އަދި އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި އަޝްރަފް ހަކީމީގެ އެސިސްޓަކުން އުސްމާން ޑެމްބެލޭ ވަނީ ޓީމަށް ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ޕީއެސްޖީ އާއި ބަޔާން މިއުނިކް މިހާތަނަށް ޖުމްލަ 9 ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން 5 މެޗެއްގައި ޕީއެސްޖީން ވަނީ މޮޅުވެފައެވެ. އަދި ބަޔާން މިއުނިކަށް މޮޅުވެވިފައިވަނީ އެންމެ 3 މެޗެއްގައެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ފީފާ ކްލަބް ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް، ޗެމްޕިއަންކަން ހޯދުމުގެ އުންމީދުތައް އިތުރަށް ފުޅާކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0