ޔާމީން ރައީސްކަމުގަ ހުރިއިރު ބަލިވެގެން ކަމަށް ހަދާފަ ސިންގަޕޫރަށް ދަނީ ވަގު ޑީލު ހަދަން: ފަލާހު

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ރައީސްކަމުގައި ހުންނވި އިރު ސިއްޚީ ފަރުވާ ހޯދަން ކަމަށް ބުނެ ސިންގަޕޫރަށް ވަޑައިގަންނަވަނީ ފައިސާގެ ވަގު ޑީލު ހަދަން ކަމުގައި ޕީއެންސީގެ ޕާލިމެންޓަރަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އެގޮތަށް ރައީސް ޔާމީން ޢަމަލުކޮށްފަ ހުރީމާ އެހެން ރައީސުންވެސް އެގޮތަށް ކަންތައް ކުރައްވާކަމަށް ހީފުޅުވަނީ ކަމަށެވެ.
"ހަސަނަށްހީވާނެ، ފުޅަށްބުޑުންދަންޏަ، ކެޔޮގަނޑު ކަނޑާލާނެހެން،އަޅެފަހެދުލުން ލާރިނޫން އެއްޗެއްބޭރުވާންވެެއްޖެއްނު، އަމިއްލަވެރިކަމުގައި ބަލިވެގެންކަމަށްހަދާފަ، ސިންގަޕޫރަށްކުރި ކޮށްމެ ދަތުރެއްކުރީ، ވަގުޑީލުހަދާ ދަޢުލައިތް ލޫޓުވަން، ވީމަތިހީވަނީ ހުރިހާވެރިންވެސް އެކަންކުރާނީއެހެންކަމަށް." ފަލާހުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ފަލާހުގެ މި ޕޯސްޓަކީ ސަރުކާރުން ހަނިމާދޫ އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލަން އުޅޭކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އޭގެ ރައްދެއްގެ ގޮތުގައި ދެއްކެވި ވާހަކައެއްކަމަށް ބެލެވެއެވެ.
ރައީސް ޔާމީންގެ އެ ތުހުމަތު އިކޮނޮމިކް މިނިސްޓަރ ސަޢީދު ވެސް ވަނީ ދޮގު ކުރައްވާފައެވެ.
ޕީޕީއެން ޕީއެންސީ ކޯލިޝަން ދޫކުރައްވައި ވަޑައިގެން ޕީއެންއެފްގެ ނަމުގައި އިތުރު ސިޔާސީ ޕާޓީއެއް އުފެއްދެވިފަހުން ރައީސް ޔާމީނާއި ޕީއެންސީގެ ބޭފުޅުންނާއި ވަނީ ގުޅުން ގޯސްވެފައެވެ. އަދި ދެފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުން ވަނީ ޢާއްމުވެފައެވެ.
ރިއެކްޓް



