މުއިއްޒު ހޮވަން މަސައްކަތް ކުރެވުނީތީ ލަދުގަނޭ: ޝާންކޮ
ރައީސް މުޢިއްޒު އިންތިޚާބުކުރަން މަސައްކަތް ކުރެވުމުން މިއަދު އެކަމާ ލަދުވެތިވާކަމުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރި ޝާނީޒް ހާޝިމް (ޝާންކޮ) ވިދާޅުވެއްޖެއެވެ.
މިރޭ އެމްޑީޕީން ބައްވަމުންދާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ޝާންކޮ ވަނީ ރައީސް މުޢިއްޒާއި ޕީއެންސީ ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް މިއަދު މުއިއްޒުގެ އަނިޔާވެރިކަން ފެނުމުން އެކުރެވުނު މަސައްކަތްތަކާމެދު ލަދުވެތިވާކަމަށެވެ.
ރައީސް މުއިއްޒާއި ޕީއެންސީގެ ސަރުކާރުން ވަޒީފާތަކުގައި އުޅޭ އާންމު ރައްޔިތުންނަށް ކުރަމުންދާ މަޖުބޫރާއި ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލަމުން ޝަންކޮ ވިދާޅުވީ މުއިއްޒުގެ ވެރިކަން ނިންމުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.






ރިއެކްޓް