ޚަބަރު

ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފިން: އެމްއެންޑީއެފް

ޖުލައި 11, 2025 - 19:29
ޖުލައި 12, 2025 - 12:48
 0
ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފިން: އެމްއެންޑީއެފް

ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ހާމަކުރި ގޮތުގައި، މިހާތަނަށް ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ.

މި އޮޕަރޭޝަންގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ފޯރތު ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މީގެ އިތުރުން ގދ.ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުން ވެސް މި އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ މަޢުލޫމާތުގެ މަތިން، ޒަކަރިއްޔާ މުޙައްމަދު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި އޭނާ ދަތުރުކުރަމުން ދިޔަ އުޅަނދަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެކެވެ.

ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަންނަވާ ފަރާތްތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0