ޚަބަރު

ލިޔުންތެރީން ވާންޖެހޭނީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް: ރައީސް

ޖުލައި 8, 2025 - 10:11
 0
ލިޔުންތެރީން ވާންޖެހޭނީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް: ރައީސް
ރައީސް ޑރ. މުޢިއްޒު -- ފޮޓޯ: ވިރާސީ

ލިޔުންތެރީން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ޤައުމާއި އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރެވޭ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ރައީސް މުޢިއްޒުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ޤައުމެއްގައި ލިޔުންތެރީންގެ ދައުރު ނެތް ދާއިރާއެއް ނިސްބަތުން ނޯވެއެވެ.

"ފަރުދީ، މަދަނީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކުގެ އިތުރުން ދީނީ، ތަޢުލީމީ، ވިޔަފާރި އަދި ސިޔާސީ ދާއިރާގައިވެސް ލިޔުންތެރީންގެ މުހިންމު ދައުރެއް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ލިޔުންތެރިކަމުގެ ހައްސާސް ޒާތާއި ޤައުމީ ޚިދުމަތުގައި ލިޔުންތެރީން އަދާކުރަންޖެހޭ ޒިންމާގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭ ކަމަށެވެ. ނަމަވެސް، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ގެއްލުން ލިބޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ޤައުމު ބިނާކުރުމުގައި ލިޔުންތެރީން އެކި ދާއިރާތަކުން ކޮށްފައިވާ މުހިންމު ޚިދުމަތްތައް ފާހަގަކުރައްވަމުން، އަދުގެ ލިޔުންތެރީންނަށް ރައީސް އިލްތިމާސްކުރެއްވީ ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ގަލަންތައް ހަރަކާތްތެރި ކުރުވުމަށާއި، އާ ޚިޔާލުތަކާއި އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިކުރުމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0