ދުނިޔެ

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ހައްޔަރުކުރުމަށް އަމުރެއް ނެރެފި

ޖުލައި 10, 2025 - 09:32
ޖުލައި 10, 2025 - 08:56
 0
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ހައްޔަރުކުރުމަށް އަމުރެއް ނެރެފި
ސައުތް ކޮރެއާގެ ކުރީގެ ރައީސް -- ފޮޓޯ: އަލްޖަޒީރާ

ދެކުނު ކޮރެއާގެ ކޯޓަކުން އެ ގައުމުގެ ކުރީގެ ރައީސް ޔޫން ސުކް-ޔޯލް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ.

މި އަމުރު ނެރެފައިވަނީ އޭނާ މާޝަލް ލޯ ތަންފީޒުކުރަން މަސައްކަތް ކުރި މައްސަލައާ ގުޅިގެންނެވެ.

ދެކުނު ކޮރެއާގެ ނިއުސް އެޖެންސީ ޔޮންހަޕްގެ ރިޕޯޓުގައިވާ ގޮތުން، ހައްޔަރު ކުރުމުގެ އަމުރު ނެރުނީ އިއްޔެގެ ފަތިހު ވަގުތެއްގައެވެ. މީގެ ކުރިން ބުދަ ދުވަހު ޔޫން ވަނީ ސޯލްގެ ކޯޓެއްގައި 7 ގަޑިއިރުގެ އަޑުއެހުމެއްގައި ބައިވެރިވެ، ޕްރޮސިކިއުޓަރުން އެދުނު ހައްޔަރު އަމުރު މުރާޖަޢާ ކުރުމަށްފަހު ބަންދު މަރުކަޒަކަށް ގެންދެވިފައިވެއެވެ.

ކޮންޒަވެޓިވް ޕާޓީގެ ޔޫން ވަނީ މިދިޔަ އޭޕްރީލް މަހު ދެކުނު ކޮރެއާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ރައީސްކަމުން ވަކިކޮށްފައެވެ. މިއީ މާޝަލް ލޯ ތަންފީޒުކުރުމުގައި އޭނާގެ ބާރުގެ ދާއިރާއިން ބޭރަށް ދިޔަކަމުގެ ތުހުމަތުގައެވެ. އަދި ޑިސެމްބަރު 14 ގައި ޕާލިމަންޓުން ވަނީ ޔޫން އިމްޕީޗްކުރުމަށް ވޯޓުލާފައެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން މިފަހަރު ހައްޔަރު އަމުރު ނެރުމުގައި ބުނެފައިވަނީ، ޔޫން ހައްޔަރު ނުކޮށްފިނަމަ ހެކިތައް ނައްތާލުމުގެ ފުރުސަތު އޮތްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ނަމަވެސް ޔޫން ގެ ލޯޔަރުން ބުނެފައިވަނީ މިއީ ހައްދުފަހަނައަޅާފައިވާ އެއްވެސް އަސާސެއް ނެތް ނިންމުމެއް ކަމަށެވެ.

ކުރީގެ ރައީސްގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކުގެ ތެރޭގައި ނަހަމ ގޮތުގައި ބާރު ބޭނުންކުރުމާއި، ރަސްމީ ލިޔެކިޔުންތަކަށް އުނިއިތުރު ގެނައުމާއި، ރަސްމީ މަސައްކަތްތަކަށް ހުރަސްއެޅުމުގެ އިތުރުން، ދެކުނު ކޮރެއާގައި މާޝަލް ލޯ ތަންފީޒުކުރަން މަސައްކަތްކުރުން ހިމެނެއެވެ.

ނަމަވެސް ޔޫން ވަނީ މި ހުރިހާ ތުހުމަތުތަކަކަށް ދެކޮޅު ހަދާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0