ފުލުހުންގެ ތަހުޤީޤަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިއުލާންކޮށްފި

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާ މައްސަލައެއްގެ ތަހުޤީޤަށް ބަންގްލަދޭޝްގެ ރައްޔިތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ތަހުޤީޤަށް ހާޒިރުކުރުމަށް ހޯދަނީ އެމް.ޑީ މިންތު މިއާ (38 އަހަރު) ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ޕާސްޕޯޓު ނަންބަރަކީ A15294526 ކަމަށާއި އޭނާ ހާޒިރުކުރަން ބޭނުންވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ. އެއީ ކޮން ބާވަތެއްގެ މައްސަލައެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.
އެމް.ޑީ މިންތު މިއާ ހާޒިރުވާން އަންގާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މާފަންނު ޕޮލިސް ސްޓޭޝަނަށެވެ.
ރިއެކްޓް



