ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބަނގްލަދޭޝް މީހަކު ހޯދަނީ

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް ބަނގްލަދޭޝްގެ ރައްޔިތެއް ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ހޯދަމުންދަނީ 21 އަހަރުގެ އެމްޑީ މިރު ރަހްމާން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.
މިމީހާ ހާޒިރުވާން އަންގާފައިވަނީ 2025 ޖުލައި 15 ވަނަ ދުވަހުގެ 11:00 އަށް މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. ނަމަވެސް އޭނާއާ ސުވާލުކުރަން ބޭނުންވަނީ ކޮން މައްސަލައަކާ ގުޅިގެންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިފަދަ އިއުލާނެއް ކުރުމުން، އެ ފަރާތެއް ފުލުހުންގެ ތަހުގީގަށް ހާޒިރުނުވެއްޖެނަމަ، ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
ރިއެކްޓް



