ޚަބަރު

މިނިސްޓަރު ފެނުމުން ކޮޅަށް ތެދުވުމަށް އެޑިއުކޭޝަންގެ މުވައްޒަފުންނަށް އަންގައިފި

ޖުލައި 6, 2025 - 17:25
ޖުލައި 6, 2025 - 17:29
 0
މިނިސްޓަރު ފެނުމުން ކޮޅަށް ތެދުވުމަށް އެޑިއުކޭޝަންގެ މުވައްޒަފުންނަށް އަންގައިފި
ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުން ފެނުމުން ކޮޅަށް ތެދުވުމަށް އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަންގައިފިއެވެ.

މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް  މިކަން އަންގައިދިނުމަށް ހުރިހާ ސެކްޝަނަކަށް އަންގައި ފޮނުވާފައިވާ މެއިލް އެއްގެ ސްކްރީންޝޮޓް “ވިރާސީ” އަށް ވަނީ ލިބިފައެވެ.

އަދި މިއީ ސައްޚަ ސްކްރީންޝޮޓެއްކަން މިނިސްޓްރީގެ މުވައްޒަފަކު ވަނީ “ވިރާސީ” އަށް ކަށަވަރުކޮށްދީފައެވެ.

އެ މެއިލްގައި ބުނެފައިވަނީ “ވަޒީރު ނުވަތަ ވަޒީރު ފެންވަރުގެ ބޭފުޅަކު އެ ސެކްޝަނަކަށް ވަޑައިގެންފިނަމަ އިހްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވެ ހިނިތުންވުމާއެކު މުޚާތަބު ކުރުމަށް  މުވައްޒަފުންނަށް އެންގުމަށެވެ."

މިފަދަ އެންގުމެއް އަންގަންޖެހުނީ ކީއްވެ ކަމެއް އަދި މިހާތަނަށް ސާފުނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 2
މަޖާ މަޖާ 9