ސިޔާސީ , ޚަބަރު

އެމްޑީޕީގެ ބޮޑު ޖަލްސާގައި ބައިވެރި ނުވާން ރައީސް އިބޫ ނިންމަވައިފި

ޖުލައި 7, 2025 - 14:28
ޖުލައި 7, 2025 - 16:36
 0
އެމްޑީޕީގެ ބޮޑު ޖަލްސާގައި ބައިވެރި ނުވާން ރައީސް އިބޫ ނިންމަވައިފި
ކުރީގެ ރައީސް އިބޫ -- ފޮޓޯ: ވިރާސީ

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ބައިވެރިނުވާން ނިންމައިފިއެވެ.

މި ޖަލްސާގައި އިބޫ ބައިވެރިނުވާން ނިންމި ނިންމާފައިވާއިރު ފަހަކަށް އައިސް އެމްޑީޕީގެ ބައެއް ކަންކަމުގައި ހިތްހަމަނުޖެހި ޙަރަކާތްތަކުން ދުރުގައި ހުންނަކަން ފާހަގަކޮށްލެވެއެވެ. ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅުމަށް މިދިޔަމަހު ބޭއްވި ޖަލްސާވެސް އިބޫ ވަނީ "އުޒުރަކާއި ލައިގެން" ބޮއިކޮޓް ކޮށްފައެވެ.

އިބޫއާއި ގާތް މަޞްދަރަކުން މަޢުލޫމާތުދިން ގޮތުގައި، ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅުމުން އިބޫއަށް ޕާޓީ ތެރޭގައި އޮތް ނުފޫޒު ކުޑަވެދާނެކަމަށް އިބޫ ކަންބޮޑުވެއެވެ. މީގެއިތުރުން، ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅުމުގެ މަޤްޞަދަކީ އިބޫއަށް ރިޔާސީ ޓިކެޓް ލިބުނަ ނުދިނުމަށް މަސައްކަތްކުރުން ކަމަށް އިބޫ ޤަބޫލުކުރައްވާކަމަށް އެ މަޞްދަރުން ހާމަކުރިއެވެ.

މި ކަމާ ގުޅޭގޮތުން އިބޫގެ ކޮމެންޓެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އާދަކާދައިގެ މަތިން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އިބޫ ނިންމަވާފައިވާކަމަށް އިބޫއާއި އެންމެ ގާތްކޮށް އުޅުއްވާ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ އިޢުލާން ކުރައްވާފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 2