ޚަބަރު

އެމްބީއެސްގެ އައު ހޮޓްލައިން ތައާރަފުކޮށްފި

ޖުލައި 5, 2025 - 17:17
 0
އެމްބީއެސްގެ އައު ހޮޓްލައިން ތައާރަފުކޮށްފި
މޯލްޑިވްސް ބްލަޑް ސާވިސަސް -- ފޮޓޯ: އެމްބީއެސް

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަސޭހަކުރުމުގެ ގޮތުން އައު ހޮޓްލައިން ނަންބަރެއް މިއަދު ތަޢާރަފުކޮށްފި އެވެ.

އެމްބީއެސްއިން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި އައު ހޮޓްލައިން ނަންބަރަކީ 7333645 އެވެ.

މި ނަންބަރު މެދުވެރިކޮށް ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މުޢާމަލާތުކުރެވޭނެ ކަމަށް އެމްބީއެސްއިން ހާމަކޮށްފައިވެ އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި އެތަނުގެ ދަށުން ހިންގަމުން އައި ތެލަސީމިއާ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މިދިޔަ މެއި މަހު ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި މީގެ އިތުރުން މި ދެ މަރުކަޒު މިހާރު ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އައު މަރުކަޒުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަ ވަސީލަތްތައް ޤާއިމުކޮށްފައިވެއެވެ. މީގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށާއި ލޭ އަޅާ ބަލިމީހުންނަށް ޚާއްޞަ ޖެނެރަލް ވޯޑެއް ހިމެނެއެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ވޯޑަކާއި އަންހެނުންނަށް ޚާއްޞަ ވޯޑެއްވެސް ޤާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0