ޚަބަރު

އެމަޖެންސީގައި އައިޖީއެމްއެޗްއަށް ގެންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ޖުލައި 14, 2025 - 15:04
 0
އެމަޖެންސީގައި އައިޖީއެމްއެޗްއަށް ގެންދިޔަ ދިވެއްސަކު ނިޔާވެއްޖެ
ފޮޓޯ: ވިރާސީ

މިއަދު ހެނދުނު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އެމަޖެންސީގައި ގެންދިޔަ 43 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:10 ހާއިރުއެވެ. އެ ފަރާތް ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ. އަދި މި މައްސަލައިގައި ބަލަންޖެހޭ އެންމެހާ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްަފއިނުވާއިރު ހޮސްޕިޓަލަށް ގެންދިޔަ ސަބަބު ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0