އެކުގައި ގަދަކޮށް ތިބޭ މީހުން އެކަކު އަނެކަކު މޫނަށް ނުބަލައި ތިބޭތަ؟ - ޝުޖާ

އެކުގައި ގަދަކޮށް ތިބޭ ބަޔަކު އެކަކު އަނެކަކުގެ މޫނަށް ނުބަލައި ތިބޭތޯ ސުވާލުކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެމްޑީޕީއަށް ބަހުގެ ހަމާލާއެއް ދެއްވައިފިއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ އެމްޑީޕީން ކުޅުދުއްފުށީގައި ބޮޑު ޖަލްސާ ބާއްވަނީ މާލޭގައި ޖަލްސާއަށް ދާނެ މީހަކު ނުވާނެތީ ކަމަށެވެ. އަދި ކުޅުދުއްފުށީގައި ބާއްވާ ޖަލްސާއަށް މާލެއިން 250 މީހުން ގެންދާ ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.
އެކަކު އަނެކަކުގެ މޫނަށް ނުބަލަނީއޭ ޝުޖާ އެ ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި މައްސަލަ ބޮޑުވެފައިވާކަމަށް އިޝާރާތް ކުރައްވައެވެ. މިގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދުއާއި ދެބޭފުޅުންގެ ދެމެދުގައި މައްސަލަ ބޮޑު ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރައީސް ނަޝީދާއި ވާހަކަނުދައްކާ ކަން ފާހަގަކުރައްވަމުން ޝުޖާ ވަނީ އެއީ އެކުގައި ތިބޭ ގޮތްތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
އަދި އެއީ އެކުގައި "އޮޅުލުން" ކަމަށްވެސް ޝުޖާ ވަނީ ސިފަކުރައްވާފައެވެ.
އެމްޑީޕީން ބާއްވަން އުޅުނު ބޮޑު ޖަލްސާ މިހާރު ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ހޮނިހިރު ދުވަހަށް ފަސްކޮށްފައެވެ.
ރިއެކްޓް



