ޚަބަރު

އިމިގްރޭޝަނުން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ޖުލައި 9, 2025 - 13:22
 0
އިމިގްރޭޝަނުން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން ބަންގްލަދޭޝް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

އުމުރުން 32 އަހަރުގެ އެމްޑީ ޗޯޓަން މިއާ ނަމަކަށް ކިޔާ މި މިހާ އިމިގްރޭޝަނަށް ހާޒިރުވުމަށް އަނގައި އިމިގްރޭޝަނުން ވަނީ ސޯޝަލްމީޑިއާގައި ފޮޓޯއާއި ނޯޓިސް ހިއްސާ ކޮށްފައެވެ.

އިމިގްރޭޝަނުން ނެރުނު ނޯޓިސްގައި ވަނީ ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ހެނދުނު 8:00 އާއި 16:00 އާއި ދެމެދުގެ ވަގުތެއްގައި ހާޒިރުވުމަށް އަންގާފައެވެ. އޭނާ ހޯދަން އިމިގްރޭޝަނުން އިއުލާނު ކުރި ނަމަވެސް ހޯދަމުން އަންނަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމައެއް ނުކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0