ޚަބަރު

އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންނަނީ

ޖުލައި 13, 2025 - 15:39
 0
އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންނަނީ
އއ. މާޅޮސް -- ސޯޝަލްމީޑިއާ

އއ. މާޅޮހުގައި ރޭ އަނިޔާވެރި ޒަހަމްތަކާއި އެކު މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމް (65) ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމަށް އެރަށު ކައުންސިލުން މަަޢުލޫމާތު ދީފިއެވެ. 

"ވިރާސީ" އަށް މަޢުލޫމާތުދެމުން މާޅޮހު ކައުންސިލް މެންބަރު އަހުމަދު ނާފިޒު ވިދާޅުވީ އަބްދުއްރަހްމާނުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންދިއުމަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ.

އަބްދުއްރަހްމާން މަރާލާފައިވަނީ އޭނާ ދިރިއުޅެމުންދިޔަ މާހިޔާ ގޭގައި ނިދާފައި އޮއްވައި، އޭނާގެ ބޮލަށް ހަމަލާދީގެންނެވެ. މި ހަމަލާގައި އޭނާގެ ބޮލުގެ ވާތް ފަރާތަށް ބޮޑެތި ޒަހަމްތަކެއް ދީފައިވެއެވެ. އަދި އަބްދުއްރަހްމާން މަރުވެފައިވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އަބްދުއްރަހްމާންއަށް ހަމަލާ ދިނީ ކޮންބައެއްކަން އަދި ވަނީ ހާމަވެފައި ނުވާއިރު މި މައްސަލައިގެ ތަހުގީގު ކުރިއަށްދާވަރަކުން އިތުރު މައުލޫމާތު ހާމަކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0