ޚަބަރު

ކެފޭއެއްގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޖުލައި 8, 2025 - 17:44
 0
ކެފޭއެއްގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ބިދޭސީ އަންހެން މީހަކު ގޮވައިގެން އިމިގްރޭޝަނުގެ އޮފިސަރަކު ދަނީ -- ފޮޓޯ: އިމިގްރޭޝަން

މާލޭގައި ހިންގަމުންދާ ޓޭކްއަވޭ ކެފޭއެއްގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި ބިދޭސީ މީހާ ހައްޔަރުކުރެވިފައިވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

އިއްޔެ ހަވީރު ހިންގި މި އޮޕަރޭޝަންގެ ތެރެއިން އެ ކެފޭ ބަލައި ފާސްކުރުމަށްފަހު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިދޭސީ އަންހެންމީހެކެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައެވެ. މި އޮޕަރޭޝަންތަކުގެ ދަށުން ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިންގަމުން ގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0