ޚަބަރު

ކަފިހިހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެ

ޖުލައި 12, 2025 - 21:06
 0
ކަފިހިހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެ
ފޮޓޯ: ވިރާސީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބަގީޗާ ހިނގުމުގައި މިއަދު ހަވީރު ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގީ މިއަދުގެ 14:16 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް، ބަންގްލަދޭޝްގެ ފިރިހެނެކެވެ. އަދި މި ހާދިސާގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނެކެވެ.

އަނިޔާވި އަންހެނާ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިއެވެ. އެކްސިޑެންޓްވި ސައިކަލު ވަނީ ހާދިސާ ހިނގި ސަރަހައްދުން ޓޯކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. 

މި ހާދިސާއާ ގުޅިގެން ޓްރެފިކް ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުންވެސް ޙުރުމަތްތެރިކޮށް ހިތުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0