ސިޔާސީ , ވިޔަފާރި , ޚަބަރު

ބުއްދިވެރި ގޮތަކީ ހަނިމާދޫ އެއާޕޯޓު ހިންގާނެ ބަޔަކު ހޯދަން ބިޑަށް ހުޅުވާލުން: ނަޝީދު

ޖުލައި 5, 2025 - 23:35
 0
ބުއްދިވެރި ގޮތަކީ ހަނިމާދޫ އެއާޕޯޓު ހިންގާނެ ބަޔަކު ހޯދަން ބިޑަށް ހުޅުވާލުން: ނަޝީދު
ރައީސް ނަޝީދު -- ފޮޓޯ: ވިރާސީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާނެ ފަރާތެއް ހޯދުމަށް އެންމެ ބުއްދިވެރި ގޮތަކީ ބިޑަށް ހުޅުވާލުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވަނީ، "އިތުރަށް ދަރަނިވެރިވެގެން ލޯނުތައް ދައްކަން އުޅުމަށްވުރެ، އަތުގައި ހުރި އެއްޗަކުން ކުއްޔަށް ދީގެން އެ ފައިސާ ހޯދިއްޖެނަމަ، ރާއްޖެއަށް ކުރާނެ ފައިދާ ވަރަށް ބޮޑުވާނެ" ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ މައްސަލަ ބޮޑުވެފައި މިވަނީ ސަރުކާރުން ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކަން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ނަމަވެސް މި ތުހުމަތު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދޮގުކުރައްވާފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށްދަނީ އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއްބަސްވުމުގެ ދަށުންނެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް 25 އަހަރުގެ މުއްދަތަށް ވަނީ އިންޑިއާގެ ޖީއެމްއާރާ ހަވާލުކޮށްފައެވެ. ނަމަވެސް ޑރ. ވަހީދުގެ ރައީސްކަމުގައި ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0