ޚަބަރު

ބަސް ޓާމިނަލް ކުރިމަތީ އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ޖުލައި 13, 2025 - 21:53
ޖުލައި 13, 2025 - 22:33
 0
ބަސް ޓާމިނަލް ކުރިމަތީ އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ
އެކްސިޑެންޓުވި ސައިކަލު -- ފޮޓޯ: ވިރާސީ

މިރޭ އިރާކޮޅު މާލޭ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެގެން ފަރުވާދިނުމަށް ގެންގޮސްފައިވާއިރު ނިޔާވީ ސައިކަލު ދުއްވި ކުއްޖާ ކަމެއް ނުވަތަ ސައިކަލު ފަހަތުގައި އިން ކުއްޖާ ކަމެއް އަދި ސާފެއް ނުވެއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓުގައި ދެން އަނިޔާވީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހަކަށެވެ. އަދި މީގެ ތެރެއިން ސައިކަލުގައި ތިބީ 17 އަހަރުގެ ކުއްޖާއާއި 16 އަހަރުގެ ކުއްޖާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓް ހިންގަން މެދުވެރިވީ ބާރު ސްޕީޑެއްގައި އައި ސައިކަލެއް އެހިސާބުގައި ދުވަން ނުކުމެ އުޅުނު މީހެއް ގައިގައި ޖެހި އަދި ސައިިކަލު ކޮންޓްރޯލްނުވެ އެތަނުން އައި ޕިކަޕެއްގައި ޖެހިގެން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0