ނޫމަރާ ޕޮލިސް ޕޯސްޓުގެ ޢަމަލީ މަސައްކަތް ފަށައިފި

ނޫމަރާގައި ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަން އިން ފަށައިފިއެވެ.
ފެނަކައިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ނޫމަރާގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ
ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރި ކަމަށާއި މިކަމަށް ޓަކައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ގާއިމްކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަން ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރިއެކްޓް



