ނައިބު ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގައި ބޭއްވޭ ނިޝަން ފޯރަމް އޮން ވޯލްޑް ސިވިލައިޒޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ނާއިބުރައީސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދަތުރުފުޅުގައި ޝެންޑޮންގް ޕްރޮވިންސްގެ އިސް ވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ނިޝަން ފޯރަމް އޮން ވޯލްޑް ސިވިލައިޒޭޝަން ފޯރަމް ކުރިއަށްދާނީ މި މަހުގެ 9 އިން 10 އަށެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، އިތުރު ތަރައްޤީގެ މަޝްރޫއުތަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



