ޚަބަރު

ހުޅުމާލޭގައި ހުންނަ ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

ޖުލައި 10, 2025 - 19:30
ޖުލައި 10, 2025 - 21:19
 0
ހުޅުމާލޭގައި ހުންނަ ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ
އަލިފާން ރޯވެފިއވާ ގުދަނުގެ ކައިރިން -- ފޮޓޯ: ވިރާސީ

ހުޅުމާލޭގައި ހުނަން އެންސިސްގެ ގުދަނެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި ހުޅުމާލޭ ފޭސް 1 ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދެއްވި ގޮތުގައި އަލިފާން ރޯވެފައިވަނީ ގުދަން އިމާރާތުގެ 4 ވަނަ ފަންގިފިލާގައެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުން މިރޭ 9:00 ޖެހި އިރު މަޢުލޫމާތުލިބުނު ގޮތުގައި ގުދަނުގެ އެތެރޭގައި އަދިވެސް ގަދައަށް ހުޅު ހިފާފައިވާ ކަމަށާއި  އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

މި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު, އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުޑަ ދޮރުތަކާއި ދޮރުތައް ލައްޕާފައި ބެހެެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ގުދަނުން ގިނަ އަދަދަކަށް ދުން އަރަމުންދާއިރު އެ ސަރަހައްދުގެ ކައިރި މަގުތަކުގައި ދުއްވާ އުޅެން އުނދަގޫ ވަރަށް ވަނީ "ފޮގް" ވެފައެވެ. މީގެ ސަބަބުން މަގުމަތީގައި ދުއްވާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށްވެސް ފުލުހުން އެދެއެވެ.

އިތުރު ތަފްސީލް އަންނަނީ…

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0