ޚަބަރު , ކުޅިވަރު

ހުރިހާ ކްލަބެއްގެ ތާއީދާއެކު ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވައިފި

ޖުލައި 6, 2025 - 14:00
 0
ހުރިހާ ކްލަބެއްގެ ތާއީދާއެކު ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވައިފި
އަހުމަދު ތޯރިގު -- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްގެ ހުރިހާ މެންބަރު ކްލަބުތަކެއްގެ ތާއީދާއެކު ކުރިމަތިލައްވާފައެވެ.

ތޯރިގު ކެންޑިޑެސީ ހުށަހެޅީ 23 ކްލަބެއްގެ ތާއީދާއެކުއެވެ.

ތޯރިގުގެ އެކްސްކޯ ޓީމުގައި ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވައިސް ޗެއަރމަން އަލީ އިބްރާހީމް (ކައްޕި) ހިމެނިވަޑައިގަންނަވައެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އާއި ނިއު ރޭޑިއަންޓްގެ ބޯޑު މެންބަރު، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު އާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން އާއި އަންހެން މެންބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ ހިމެނިވަޑައިގަންނަވައެވެ.

އެފްއޭއެމްގެ އިންތިޚާބު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި އިންތިޚާބަކީ ދިވެހި ފުޓްބޯޅައަށް އައު ބަދަލުތަކެއް ގެނެސްދޭނެ އިންތިޚާބެއް ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0