ޚަބަރު

ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ޖުލައި 12, 2025 - 13:00
 0
ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސް ދުވަހެއް -- ފޮޓޯ: ވިރާސީ

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލެއް ނެރެފިއެވެ.

މި އެލާޓް ނެރުނީ މިއަދު މެންދުރު 12:00 އިން ހަވީރު 18:00 އާ ހަމައަށެވެ.

މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިއްސާރައިގެ ތެރޭގައި ވިލާގަނޑަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެވެއެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައިވާއިރު، ކަނޑު ގަދަވުމުގެ ސަބަބުން އެކި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. މީގެ ތެރޭގައި ބޯޓެއް ދިޔަވެ އަޑިއަށް ގޮސްފައިވާ ހާދިސާއެއް ހިމެނެއެވެ.

އަދި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި ދުވަސްވީ މީހަކު ގެއްލިފައިވާ ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭނާ ދުއްވި ޑިންގީ މިއަދު ހެނދުނު ވަނީ ފެނިފައެވެ. އަދި މިހާރު އެ ޑިންގީ ވަނީ ކަނޑު އަޑިން ވަނީ ނަގާފައެވެ.

މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާއިރު ވެސް ސަމާލުކަން ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0