ޚަބަރު

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ތިންވަނަ ބުރު ފަށައިފި

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ތިންވަނަ ބުރު ފަށައިފި

ޖޫން 26, 2025 - 18:03
 0
ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ތިންވަނަ ބުރު ފަށައިފި
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ތިންވަނަ ބުރު މިއަދު ވަނީ ފަށާފައެވެ.

މި ބުރުގައި 257 ޒުވާނުން ބައިވެރިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާމަކުރައްވާފައެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން މި ދައުރުގައި ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެނީ ގްރޭޑް 10، 11، އަދި 12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިންމާފައިވާ، 18 އަހަރު ނުފުރޭ ޒުވާނުންނަށެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ކުރީގެ ދެ ބުރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އަދި މިހާތަނަށް ޖުމްލަ 500 ޒުވާން ހަތީބުން ވަނީ ތަމްރީނު ކުރެވިފައެވެ.

އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވަނީ އަންނަ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީނު ކުރުމަށެވެ. މިއީ ދިވެހި މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ޒުވާން ޖީލަށް އިސްލާމްދީނުގެ ރިވެތި އުސޫލުތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ ޒުވާން ހަތީބުން އުފެއްދުމަށް މަގުފަހިވެ، ދީނީ ޢިލްމު ފެތުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0