ޚަބަރު

ވިލުފުށީގައި ފިހުނު މީހާއަށް އައީސީޔޫގައި ފަރުވާ ދެނީ

ހަށިގަނޑުގެ ގާތްގަނޑަކަށް 50 އިންސައްތަ ވަނީ ފިހިފައި

ޖުލައި 2, 2025 - 13:42
ޖުލައި 2, 2025 - 13:47
 0
ވިލުފުށީގައި ފިހުނު މީހާއަށް އައީސީޔޫގައި ފަރުވާ ދެނީ
އައިޖީއެމްއެޗް -- ފޮޓޯ: ގޫގުލް

ވިލުފުށީގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވެގެން އިތުރު ފަރުވާއަށް މާލެ ގެނައި މީހާ މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ތެޔޮ އުފުލާ ބޯޓެއްގައެވެ. ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދޯނީގެ ވެރިފަރާތާއި ބިދޭސީ މަސައްކަތްތެރިއެކެވެ. ދޯނީގެ ވެރިފަރާތުގެ ހަށިގަނޑުގެ ގާތްގަނޑަކަށް 50 އިންސައްތަ ވަނީ ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކައުންސިލުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހާދިސާގައި އަނިޔާވި ބިދޭސީ މަސައްކަތްތެރިޔާއަށް މާބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އަދި އިތުރު ފަރުވާއަށް މާލެއަށް ގެނެވިފައިވަނީ ހަމައެކަނި ބޯޓުގެ ވެރިފަރާތެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު "މިވަގުތު އެ މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި" ކަމަށް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0