ހައުސިން މިނިސްޓްރީ ހުރި ތަނުގައި ކޮމާޝަލް ސެންޓަރެއް ތަރައްގީ ކުރަނީ

މިދިޔަ އަހަރު އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި ހައުސިން މިނިސްޓްރީގެ ބިން ހިމެނޭ ސަރަހައްދުގައި "މާލެ ސެންޓަރު ޕޮއިންޓް" ގެ ނަމުގައި ކޮމާޝަލް ސެންޓަރެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި ގޮތުން މާސްޓަރ ޕްލޭނާއި ޑިޒައިން ކޮންސެޕްޓް އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް މިދިޔަ މެއި މަހު ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މަޝްހޫރު ޓިނު ބިލްޑިންގ އާއި ގްރީން ބިލްޑިންގ އަނދައި ހުލިވެގެން ދިޔައެވެ. އެ އިމާރާތްތަކުގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުނެވެ.
އަލިފާނުގެ ހާދިސާއިން ފަސް މަސް ފާއިތުވެގެން ގޮސްފައިވީ ނަމަވެސް، އަދިވެސް އެ ހާދިސާ ހިނގި ސަބަބު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ވަގުތު މަޝްރޫއު އޮތީ ޕްލޭނިންގ މަރުހަލާގައި ކަމަށްވާތީ، އަޅާ ކޮމާޝަލް ސެންޓަރާ ގުޅޭ އިތުރު ތަފްސީލުތައް އަދި ލިބިފައެއް ނުވެއެވެ.
ރިއެކްޓް



