ޚަބަރު

ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަން އިޢުލާންކޮށްފި

ޖުލައި 2, 2025 - 22:56
ޖުލައި 2, 2025 - 23:04
 0
ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަން އިޢުލާންކޮށްފި
ފުލުހުންގެ މައި އިދާރާ -- ފޮޓޯ: ވިރާސީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ހިމެނޭ ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވަނީ ލ. މާވަށް، މ. މުލި، ރ. މަޑުއްވަރި، ށ. ފީވަށް، ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން މ. މުލި އަދި ތ. ވޭމަންޑޫގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 212,500 ރުފިޔާ ހުށަހަޅަންޖެހޭއިރު، އެހެން ރަށްތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 72,250 ރުފިޔާ ހުށަހަޅަންޖެހެއެވެ.

މީގެއިތުރުން، ހދ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމުގެ މަސައްކަތަށްވެސް ވަނީ އިޢުލާންކޮށްފައެވެ.

މި މަޝްރޫޢުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް 2025 ވަނަ އަހަރުގެ ޖުލައި 29 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިންނެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ޖުލައި 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމަކީ ސަރުކާރުގެ ޕޮލިސިންގ ސްޓްރެޓެޖީގެ މުހިންމު ބައެއްކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މި މަރުކަޒުތައް ޤާއިމުކުރުމުން ރަށްރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0