އެއްބާރުލުން ދޭން ޝަރުތުކޮށް ކޭޕާކު މަންޑޭ ދޫކޮށްލައިފި

ކޭޕާކް ރެސިޑެންޓް އިން ބޮޑެތި އަގުތަކުގައި އެޕާޓްމަންޓު ވިއްކައި، އެތައް ބަޔަކަށް އޮޅުވާލައިގެން ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާ ކޮށްފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީޢަތަށް އެއްބާރުލުންދިނުމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލައިފިއެވެ.
މަންޑޭގެ މައްޗަށް އުފުލާފައިވާ ގިނަ އަދަދެއްގެ ދައުވާތަކުގެ ޝަރީއަތުގެ ގިނަ އަޑުއެހުންތަކަށް ގަވައިދުން ހާޒިރުނުވާތީ ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުމުން އޭނާ ބަންދު ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މިއަދު ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ގާޒީ ވަނީ ޝަރީޢަތަށް އެއްބާރުލުން ނުދީފިނަމަ އަލުން ހައްޔަރުކުރާނެކަމަށް މަންޑޭއަށް އަންގާފައެވެ.
ދައުލަތުން މަންޑޭގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި އޮޅުވާލުމުގެ 50 ދައުވާއާއި ޓެކުމުގެ 50 ދައުވާ އަދި ސައްހަ ނޫން ލިޔުން ދިންކަމުގެ 3 ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެއް ހިމެނެއެވެ.
ރިއެކްޓް



