ނޫސްވެރިން ކޮމިޓީއަށް ވަނީ ގަދަކަމުން ކަމަށް ބުނެ މަޖިލީހުން ދޮގު ހަދައިފި

ރައްޔިތުންގެ މަޖިލީހު މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ނޫސްވެރިން ވަދެގަތީ ގަދަކަމުން ކަމަށް މަޖިލީހުގެ އިދާރާއިން ދޮގު ހެދިކަން ހާމަވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅި ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި ކޮމިޓީ ސިއްެރުކުރުމަށް ފަހު ނޫސްވެރިން ނެރެފައިވަނީ ސެކިއުރިޓީ ބޭނުންކޮށްގެން ގަދަކަމުންނެވެ,
އެކަމާ ގުޅިގެން ޖަމިއްޔާތަކުގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ, ކޮމިޓީ ސިއްރު ކުރާނެ ކަން އަންގާފައިވަނިކޮށް ތިން ނޫސްވެރިއަކު އެ ކޮމިޓީއަށް ވަދެފައިވަނީ ގަދަކަމުން ކަމަށެވެ.
މަޖިލީހުން ބުނި ގޮތުގައި ތިން ނޫސްވެރިން ނެރެން ޖެހުނީ ސިއްރު ބައްދަލުވުމަށް ގަވައިދާ ހިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީއަށް ހުރަސް އެޅުމުންނެވެ.
އެ ވާހަކަތައް ދޮގުކޮށް ކޮމިޓީއިން ނެރުނު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނާއިފް ވިދާޅުވި ގޮތުގައި, ބައެެއް ނޫސްވެރިންނާއި ޓީވީތަކުން ކޮމިޓީއަށް ވަނުމަސް ސެކިއުރިޓީ ޗެކް ކުރުމަށް ފަހު, ކޮމިޓީ އޮންނަ ރޫމަށް ގެންގޮސްފައިވަނީ މަޖިލީހުގެ ސްޓާފެކެވެ.
ކޮމިޓީއަށް ނޫސްވެރިން ވެއްދިއިރު ވެސް ކޮމިޓީ ސިއްރުކަން ނާންގާ ކަމަށާއި ސިއްރު ކަމަށް އެންގީ ކޮމިޓީ އަޑު އަހަން ވަންނަ މީހުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގައި ތިއްބާ ކަމަށެވެ.
ކޮމިޓީން ނުކުތުމަށް އެންގުމަށް ސިއްރު ކުރި ކަން ނޭނގޭ ކަމަށާއި ސިއްރު ކުރި ސަބަބެއް ސާފު ކޮށްދޭން ނޫސްވެރިން އެދިފައިވާ ކަމަށް ވެސް ނާއިފް ވިދާޅުވި އެވެ.
We are extremely shocked by the blatant lies in the statement issued by @mvpeoplesmajlis.
Media representatives did not "forcibly enter" the parliament.
Below is the video of journalists being escorted in to the committee room after security checks.
pic.twitter.com/tDljsWy3FK — Maldives Journalists Association (@mjamaldives) September 10, 2025
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ މަޖިލީހުގެ އިދާރީ މުވައްޒަފު ނޫސްވެރިން ގޮވައިގެން ކޮމިޓީ އޮތް މީޓިން ރޫމަށް ގެންދިޔަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އެ ވީޑީއޯއިން އެ ރޫމަށް ނޫސްވެރިން ވައްދާ ތަން ފެންނަ އިރު, އެއްވެސް ނޫސްވެރިއަކު ގަދަ ހަދާ މަންޒަރެއް ނުފެނެ އެވެ.
މަޖިލީހުގެ މިއަދުގެ ކޮމިޓީގައި ކުރިއަށް ދިޔައީ މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތައް ދިރާސާކުރުމެވެ. މި ކަމަކީ ސިއްރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ކޮމިޓީ ސިއްރު ކުރީ ގަވައިދާ ހިލާފަށް ކަމަށް ނޫސްވެރިން ބުނެ އެވެ.
ރިއެކްޓް



