ޚަބަރު

މިނިސްޓަރ ފެންވަރުގައި ރައީސްއޮފީހުގެ މަޤާމަކަށް ފަހުމީ އައްޔަނުކޮށްފި

ސެޕްޓެމްބަރު 8, 2025 - 15:36
 0
މިނިސްޓަރ ފެންވަރުގައި ރައީސްއޮފީހުގެ މަޤާމަކަށް ފަހުމީ އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ ރައީސް އޮފީހުގެ އިސް މަޤާމަކަށް މިނިސްޓަރު ފެންވަރުގައި އައްޔަނުކޮށްފިއެވެ.

"ވިރާސީ" އަށް މަޢުލޫމާތު ލިބުނު ގޮތުގައި ފަހުމީ އައްޔަނުކޮށްފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށެވެ.

މި ޚަބަރު އަދި ރައީސް އޮފީހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. 

27 އަހަރަށްފަހު ސްޓެލްކޯއިން ވަކިކުރުމުން ފަހުމީ ވަނީ އެ ކުންފުނި ހިންގުމުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ ރައީސް މުޢިއްޒަށް ޝުކުރު ދަންނަވާފަައެވެ.

ފަހުމީ އަކީ ކުރިއްސުރެވެސް ރައީސް މުޢިއްޒާއި ގާތް ބޭފުޅެއްކަމަށް ވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0