ޚަބަރު

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށްފި

ސެޕްޓެމްބަރު 7, 2025 - 18:38
ސެޕްޓެމްބަރު 7, 2025 - 19:35
 0
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށްފި
ހުސައިން ފަހުމީ - ފޮޓޯ: މިހާރު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުން ހުސައިން ފަހުމީ ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ އެމްޑީގެ މަޤާމުން ފަހުމީ ވަކިކޮށް އެ މަޤާމަށް މިފްކޯގެ ސީއީއޯކަމުން މިދިޔަ އަހަރު ވަކިކުރި އަހްމަދު ޝަމާހު ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ.

ފަހުމީ މަޤާމުން ވަކިކުރީ ކީއްވެގެންކަމެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ޝަމާހު އަކީ މިފްކޯގެ ސީއީއޯގެ މަގާމުން ކުރިން ވަކިކޮށްފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ ދެ ފަހަރަކަށް ސަސްޕެންޑް ކުރުމަށްފަހު މިދިޔަ އަހަރުގެ ތެރޭގައެވެ.

މިފްކޯގެ ސީއީއޯގެ މަޤާމުން ވަކިކުރުމަށްފަހު ޝަމާހު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމަށް އައްޔަންކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0