ފުށިދިއްގަރުފަޅު ހިއްކުމަކީ ބޭކާރު ކަމެއް: ރައީސް އިބޫ

ފުށިދިއްގަރުފަޅުގައި ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުއްލި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، "މިއަދު އަޅުގަނޑުމެން ކަންބޮޑުނުވާ އެއްވެސް ކަމެއް ނެތް" ކަމަށާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢު މިހާރު ވަނީ ހުއްޓާލާފައި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ފުށިދިއްގަރުފަޅުގައި މިހާރު ކުރިއަށްދާ މަސައްކަތަކީ ރައީސް މުޢިއްޒުގެ އަމިއްލަ ޖަޒުބާތާއި ކިބުރުވެރިކަން ދެއްކުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑު މިއަދު ސަރުކާރަށް ގޮވާލަން، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާލުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައި އޮތް މަސައްކަތް މެދުނުކެނޑި ލަސްނުކޮށް އަލުން ކުރިއަށް ގެންދެވުމަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރޭވި ގޮތަށް މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިތުރު ފައިސާއެއް ހޯދާކަށް ނުޖެހޭނެ ކަމަށާއި، އެކަން ކުރެވޭނެ ގޮތް ވާނީ ހަމަޖައްސާފައި ކަމަށެވެ.
ރިއެކްޓް



