އިހުތިޖާޖުކުރާ މީޑިއާތަކާއި ރައީސް ބައްދަލުކުރައްވަނީ

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް މީޑިއާތައް ބަންދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް" އާއި ދެކޮޅަށް ރައީސް އޮފީސް ކައިރީގައި އިހުތިޖާޖު ކުރަމުންދާ ނޫސްވެރިންނާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ބޭރުގައި ޤާއިމުކޮށްފައިވާ "މީޑިއާ ފެންޑާ" ގައި ހިމޭން އިހުތިޖާޖެއް ކުރަަމުންދާ ނޫސްވެރިން ވަނީ ރައީސްއާއި ބައްދަލުކޮށް "މީޑިއާ ކޮންޓްރޯލް" ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރުމަށް ބޭނުންވާކަމަށް ގޮވާލާފައެވެ.
ނުސްވެރިންނާއި ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ.
ރައީސް އޮފީހުގެ ބޭރުގައި އިހުތިޖާޖު ކުރަމުންދާ ނޫސްވެރިންނާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލު އަދި ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ. ނަމަވެސް މި ބައްދަލުވުމުން އެދެވޭ ނަތީޖާއެއް ނުކުމެފައި ނުވާއިރު ނޫސްވެރިން އުލު ބައިންދަން ޕީއެންސީގެ ޕީޖީ ލީޑަރު ގޮވާލެއްވުން ކުށްވެރިކުރައްވަން މި ދެމިނިސްޓަރުން ވެސް ވަނީ އުޒުރުވެރިވެލައްވާފައެވެ.
ރިއެކްޓް



